-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހުށަހެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން، ޖުމްލަ 619,048 ރުފިޔާ ހޯދައިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިއަދު ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ފައިސާތަކަކީ މި މަހުގެ ތެރޭގައި ހިންގި އެކި ވައްކަމާއި ފޭރުމުގެ ތަހުގީގުތަކުން ފުލުހުން ހޯދާފައިވާ ފައިސާއެވެ.
އެގޮތުން މި މަހުގެ 15 އިން 21 އަށް މާލޭގެ ތިން ސަރަހައްދަކުން މާލޭގެ ފުލުހުން ޖުމްލަ 335,338 ރުފިޔާ ހޯދާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ގަލޮޅު ޕޮލިހުން ހޯދި 173,800 ރުފިޔާ އާއި، ހެންވޭރު ޕޮލިހުން ހޯދި 95,894 ރުފިޔާގެ އިތުރުން މާފަންނު ޕޮލިހުން ހޯދި 65,644 ރުފިޔާއެވެ.
އަދި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ފުލުހުން ގުޅިގެން މި މަހުގެ 1 އިން 14 އަށް ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ 283,710 ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރެއިން ހުޅުމާލެ ފޭސް 1 ޕޮލިހުން 181,910 ރުފިޔާ ހޯދާފައިވާއިރު، ފޭސް 2 ޕޮލިހުން ވަނީ 101,800 ރުފިޔާ ހޯދާފައެވެ.
ފުލުހުން ބުނި ގޮތުގައި، މި އަދަދުތަކުގެ ތެރޭގައި ހިމެނެނީ މައްސަލަތަކާ ގުޅިގެން ހޯދާފައިވާ ނަގުދު ފައިސާގެ އިތުރުން، ވައްކަންކޮށްފައިވާ ތަކެތީގެ ތެރެއިން ފެނުނު ތަކެތީގެ އަންދާޒާ ކުރެވޭ އަގުތަކެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން