-8402fff9.png)

ޢާލިމް އަބްދުއްލަތީފް

މޭޔަރު އާޒިމަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ --
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެެ.
މާލޭގައި އިދިކޮޅު އެމްޑީޕީން މިހާރު. ކުރާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން ވަނީ އުޅެފައެވެ. އެ މަންޒަރު އެ މުޒާހަރާގެ ލައިވްތަކުން ވެސް ސާފުކޮށް ފެނެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި އަބްދުالله މުއާޒު މިއަދު ހައެްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާއަކީ މާލެއަށް ނިސްބަތްވާ 35 އަހަރުގެ ޒުވާނެއްކަމަށް ވެސް ފުލުހުން ބުނެއެެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން, 15 ދުވަހަށް އޭނާ ބަންދުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
މައްސަލަ އިތުރަށް ތަހުގީގުކުރާކަމަށް ވެސް ފުލުހުން ބުނެއެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން