-8402fff9.png)
މިރާޝް މޫސާ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އޮތް ނޫސްވެރިިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ
ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ޕޭޕަލް ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއަށް ފައިސާ އެތެރެކުރެވޭ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަން ނިމުމަށް މާގިނަ ދުވަހެއް އޮތްކަމަށް ނުބެލެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޕޭޕަލް ކުންފުނީގެ އޮފިޝަލުންނާ މީގެ ދެ ދުވަހެއް ކުރިން ވެސް ބައްދަލުވެ، މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި. މީގެ ހަފްތާއެއް ކުރިން ވެސް އެފަދަ މަޝްވަރާއެއް ކުރިއަށް ދިޔަ ކަމަސް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ އުރީދޫ ކުންފުނިން މިހާެރު ދަނީ އިންޓަގްރޭޝަން އަދި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އެއަށްފަހު ދެން އޮންނާނީ ސީދާ ބޭނުންކުރުމުގެ މަރުހަލާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ހިތެއް ނުބުނޭ. މާކަ ގިނަ ދުވަހެއް ވާނެޔޭ" އޭނާ ވިދާޅުވިއެވެ.
ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ރާއްޖެއަށް ތައާރަފުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިހާތަނަށް އައި އިރު ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ވަނީ "ސްވައިޕް"ގެ ނަމުގައި ބައިނަލްއަގުވާމީ ވޮލެޓެއް ތައާރަފުކޮށްފައެވެ. މިއީ 100 ޕަސެންޓު ދިވެހި އުފެއްދުމެއް ކަމަށް ވާއިރުު، ބޭރުން ފައިސާ ގެންނަން ދަތި ވުމުގެ މައްސަލައަށް އެއާއެކު ވަނީ ހައްލެއް ލިބިފައެވެ.

16 ދުވަސް ކުރިން
-709fea65.jpeg)
29 ދުވަސް ކުރިން
-a0c36a24.jpg)
29 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-2c8cdf4b.png)
2 މަސް ކުރިން
-3226df97.jpg)
3 މަސް ކުރިން
3 މަސް ކުރިން