-8402fff9.png)
ސައިފުﷲ އަލީ
-a0c36a24.jpg)
މުދަލުގެ އަގު ސާފުކޮށް އެނގޭނެހެން ބަހައްޓާފައި ނެތް ކަމަށް ބުނެ މާލޭގެ 17 ފިހާރައަކަށް އިސްލާހުކުރުމަށް އަންގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނޯޓިސް ދީފިއެވެ.
އެ މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން މި ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް މާލޭގެ 34 ފިހާރައެއް ވަނީ އިންސްޕެކްޓް ކޮށްފައެވެ. އެ އިންސްޕެކްޝަންގެ ތެރެއިން، ކާބޯތަކެއްޗާއި މުދަލުގެ އަގު އިސްތިހާރުކުރުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ ގަވާއިދުތަކާ ޚިލާފަށް މުދަލުގައި އަގު ނުޖަހައި ހުރި 17 ފިހާރައަކަށް އިސްލާހުކުރުމަށް އަންގައި ނޯޓިސް ދީފައިވެއެވެ.
ކަންޒިއުމާ ޕްރޮޓެކްޝަން ގާނޫނާ އެއްގޮތަށް މުދަލުގެ އަގު ސާފުކޮށް ފެންނާނެހެން ބެހެއްޓުމަކީ ވިޔަފާރިވެރިންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ފިހާރަތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ސިލްސިލާކޮށް ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ގަވާއިދާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
-3226df97.jpg)
3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން