-8402fff9.png)
ފާތިމަތު މިޝްކާ
ކާބޯތަކެތި ވިއްކާ ގޮޅިއެއް
"އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް ހުޅުވާލައިފިއެވެ.
މިއީ ކަސްޓަމަރުންނަށް މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕޯޓަލްއެކެވެ.
މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުންކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެ އެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް އެ ބޭފުޅުންގެ މުދާ އިޝްތިހާރުކުރުމަށާއި، ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހުރި ތަންތަނާއި އަގުތައް ބަލާލުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީއިން ދެކެއެވެ.
އަގުމަގު ޕޯޓަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ވިޔަފާރިވެރިން މި ޕޯޓަލްއާ ގުޅިވަޑައިގަތުމަކީ، ރާއްޖޭގެ ހުރިހާ ރަށަކުން ވިޔަފާރިކުރާ ގިނަ އަދަދެއްގެ ކަސްޓަމަރުންނާ ހަމައަށް ފިހާރަތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް މިނިސްޓްރީއިން ދެކެ އެވެ.
-a0c36a24.jpg)
29 ދުވަސް ކުރިން
-3226df97.jpg)
3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން