-8402fff9.png)
ސައިފުﷲ އަލީ

ނ. މާފަރު އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް އެތަނުގައި ފަތުރުވެރިން މަޑުކުރުމަށް ހޮޓަލެއް ގާއިމްކުރުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާފަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން ބޭނުން ވަނީ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީވާން ކަމަށެވެ. ރައީސް ވިދާޅުވީ އެކަމަށް މަސައްކަތް ކުރެވޭނެ ކަމަށާއި އެންމެ މުހިންމު މަސައްކަތަކީ ރަންވޭގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.
އެއާޕޯޓު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމާ އެކު ފަތުރުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
" އަތޮޅުގައި ވަރަށް ގިނަ ރިޒޯޓުތައް، ވަރަށް ގިނަ އެނދުތައް ހުރުމާ އިތުރު ވުމުގެ މަރުހަލާގައި އުޅުމާ އެކީގައި އެބައޮތް ވަރަށް ބޮޑު ޕޮޓެންޝިއަލްއެއް. އެހެންވީމައި މިތަނުގައި ހުންނަންޖެހޭ އެހެން ކަންކަން ވެސް އެބަހުރި"
ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރި ކުންފުނީގެ ހުށަހެޅުންތަކެއް ވެސް ހުރުމާ އެކު، އެކަންކަން ވެސް ބަލަމުން ދާކަމަށެވެ. ނ. އަތޮޅަކީ ފަތުރުވެރިކަން ރަނގަޅު ސަރަހައްދެއްކަމަށްވުމާ އެކު، އެއާޕޯޓު ތަރައްގީ ކުރަން ޖެހޭނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކުކަމަށް ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން