-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މި މަހުގެ 28 ވަނަ ދުވަހު އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 2،183 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 484 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް މަސްތަކަށް ބަހާލައިގެން ޑެންގޫގެ ކޭސްތައް ފެނުނު ގޮތަށް ބަލާއިރު، ޖެނަވަރީ މަހު 679 ކޭސް، ފެބްރުއަރީ މަހު 428 ކޭސް، މާރިޗު މަހު 428 ކޭސް އަދި އޭޕްރިލް މަހު 476 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
ޑެންގޫ ހުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅުތެރެއިން މިހާތަނަށް ޖުމްލަ 1813 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 370 ކޭސްއެވެ.
ޑެންގޫއާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން ވަނީ ނަސޭހަތްތެރިވެފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން