-8402fff9.png)
އައިޝަތު ހިދާޔާ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފޯރުކޮށްދޭ ޚިދުމަތްތައް, ހުޅުމާލޭގައި ހުންނަ މެންހަޓަން ހޮޓަލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޕިއޭއިން ބުނީ, މާދަމާއިން ފެށިގެން އެ އެޖެންސީ ހިންގާނީ ހުޅުމާލެ ފޭސް އެކެއްގެ ވެމްކޯ އާއި ޖެހިގެން ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލްސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ. މި ޚިދުމަތްތައް ކުރިން ދެމުންއައީ މާލޭގައި ހުންނަ ރޯޝަނީ ބިލްޑިގްގައެވެ.
މި ބަދަލާއެކު އެޗްޕީއޭއިން ކުރިން ދެމުން ގެންދިޔަ ހުރިހާ ޚިދުމަތެއް މެންހަޓަން ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އެ އެޖެންސީގެ ކައުންޓަރުން ލިބޭނެކަމަށް އެ އެޖެންސީން ބުންޏެވެ.
މެންހަޓަން ހޮޓަލަށް ދައުލަތުގެ އެހެން އޮފީސްތަކެއް ވެސް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް, އެޗްޕީއޭއަކީ އެތަނަށް ބަދަލުކުރި އެންމެ ފުރަތަމަ އޮފީހެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިން ބުނީ, މެންހަޓަން ހޮޓަލުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ މި ސަރުކާރުން ގާއިމްކުރާ މީޑިއާ ވިލެޖަށް ކަމަށެވެ.
އެތަނުން 34 ޖާގަ މީޑިއާތަކަށް ދޫކުރާނެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން