-8402fff9.png)

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް --- ފޮޓޯ: އަވަސް
މި އަހަރުގެ މިހާތަނަށް 20 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި މީގެ ތެރެއިން ފަސް މީހުންނަކީ ނިމިދިޔަ ހަފުތާގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. ރާއްޖެއަކީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމަކަށް ވީނަމަވެސް، 2020 އަދި 2023 ވަނަ އަހަރުވެސް މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ސިއްހީ އިދާރާތަކުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، ބަލި ޖެހުނު މީހުންނާ ގާތުން އެއްތަންވި މީހުން ހޯދައި، އޭގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ބަލި ފެތުރޭ ގޮތް ދެނެގަތުމަށް ޚާއްޞަ ތަހުގީގެއްވެސް ދަނީ ހިންގަމުންނެވެ.
ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކުރާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނާއި، ހިމަބިހީގެ ދިފާއީ ބާރު ނެތް މީހުންނަށް މި ބަލި ޖެހުމުގެ ނުރައްކާ ބޮޑުކަން ސިއްހީ މާހިރުން ފާހަގަކުރައްވައެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، މޫނާއި ކަރުން ފެށިގެން މުޅި ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ހިމެނެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން