-8402fff9.png)
އައިޝަތު ހިދާޔާ

މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެއްކަމުގައިވާ ޑެންގީއިން ސަލާމަތްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން މަދިރި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.
އެޗްޕީއޭއިން ބުނީ, ޑެންގީ ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު މި މަދިރި އެހެން މީހެއްގެ ހަށިގަނޑުގައި ހެފުމުން ކަމަށެވެ. މަދިރި ހަފާތާ ދެ ދުވަހާއި ހަތް ދުވަހުގެ ތެރޭގައި އަލާމާތްތައް ފެންނަން ފަށާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި:
ނުރައްކާތެރި އަލަމާތްތަކުގެ ތެރޭގައި:
މި ބަލިން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވެ މަދިރި އާލާވާފަދަ ފެން ހަރުލާ ތަންތަން ނައްތައިލަން ޖެހޭނެއެވެ. އެގޮތުން, ވީހާވެސް ބޮދަށް ހަށިގަނޑު ނިވާވާފަދަ ފޭރާން ލުމާއި, މަދިރި ލޯޝަން ބޭނުންކުރުމާއި, މަދިރި ގިނަވާ ވަގުތު ކުޑަދޮރާއި ދޮރުތައް ލެއްޕުން ހިމެނެއެވެ.
ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން