-8402fff9.png)

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީ، މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، ވީ ބުދަ ދުވަހުގެ އިރުއޮއްސުމަށްފަހު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޝަރުޢީ ހަމަތަކުން ސާބިތުވެފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދަކަށް މިރޭ ހަނދު ފެންމަތީގައި ނުހުންނާނެކަން ކަށަވަރުވާ ކަމަށާއި، އަދި އިސްލާމީ އެއްވެސް ޤައުމަކަށް ވެސް ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ ރަސްމީ މަޢުލޫމާތު ލިބިފައި ނުވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި ޢަމަލުކުރާ އުޞޫލުގެ މަތީން، މާދަމާ ބުރާސްފަތި ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، މާރިޗު މަހުގެ 20 ވާ ހުކުރު ދުވަހަކީ ބަރަކާތްތެރި ފިޠުރު ޢީދު ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މި މުނާސަބަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ރައްޔިތުންނަށް އަދި މުޅި އިސްލާމީ އުންމަތަށް ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާފައެވެ. އަދި މާތް الله އަޅުގަނޑުމެން ހިފި ރޯދައާއި ކުރި ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން