-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އީރާނަށް އެމެރިކާ އަދި އިޒްރޭލުން ދިން ޙަމަލާއާއެކު ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރައިފައިވުމާއެކު، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ރަށްރަށުގައި ކުލަބޮކި ނުދިއްލުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުމާއެކު، މިއަހަރު އީދު ބޮކިތައް ދިއްލާނީ ހަމައެކަނި މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ސިޓީތަކުގައި އެކަންޏެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، އީދަށް ބޮކިފަތި ދިއްލުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. ކެބިނެޓުން ނިންމާފައިވަނީ ރަށްރަށުގައި އީދަށް ބޮކި ނުދިއްލައި، މާލޭ ހިމެނޭހެން ހުރިހާ ސިޓީތަކެއްގައި އެކަނި ދިއްލުންތައް ކުރިއަށް ގެންދިއުމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޓީތަކުގައި ވެސް ހުރިހާ ސަރަހައްދެއްގައި ދިއްލުންތައް ނުހުންނާނެއެވެ. އޭގެ ބަދަލުގައި ދިއްލުންތައް ދިއްލާނީ ސިޓީތަކުގެ ކަނޑައެޅޭ ވަކި ހާއްސަ ސަރަހައްދުތަކެއްގައި ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން