-8402fff9.png)

އަޙްމަދު ޝާބިން

މި އަންނަ ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އަނބިކަނބަލުން ސާޖިދާ މުޙައްމަދު އީދު ސަލާންކުރެއްވުން އޮންނާނެއެވެެ.
ރައީސް އޮފީހުން ބުނެފައިވާގޮތުން އީދު ސަލާންކުރެއްވުން އޮންނާނީ ފިތުރު އީދުދުވަހުގެ ހެނދުނު 9:00 ން 11:00 އަށް މުލިއާގޭގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އީދު ސަލާމުގައި ބައިވެރިވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ދައުވަތު އަރުވާފައެވެ. މީގެ އިތުރުން، އާއިލާތަކާއެކު ކުޑަކުދިންނާއި ޒުވާނުން ބައިވެރިކުރުމަށް އެދިވަޑައިގެންފައި ވެއެވެ.
އީދު ސަލާން ކުރުމަށް އަންނަ މީހުން ވަނުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން