-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ނިޔާވި އޮފިސަރަކީ ހަގީގީ ބަތަލެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޑައިވްގެ މިއަދުގެ ހާދިސާގައި ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއެވެ. އޭނާ ނިޔާވީ ފީނުމުގެ ތެރޭގައި ސިއްހީ ހާލަތު ގޯސްވެ، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، އޮޕަރޭޝަނަލް ޑިއުޓީގައި އުޅެނިކޮށް މިއަދު ކުއްލިގޮތަކަށް ދުނިޔެ ދޫކުރި އެމްއެންޑީއެފްގެ ކޯސްޓްގާޑު ޑައިވަރަކީ "ހަގީގީ ބަތަލެއް" ކަމަށާއި، މަހުދީ ދުނިޔެ ދޫކުރީ އޭނާގެ މުޅި ދިރިއުޅުން އެކަމަކަށްޓަކައި ހޭދަކުރި މަތިވެރި ވާޖިބު އަދާކުރުމުގައި، އެހެން މީހުންގެ ހައްގުގައި ސާބިތުވެ ހުއްޓާ ކަމަށެވެ.
މި އޮޕަރޭޝަނުގެ ރައްކާތެރިކަމާ މެދު އާންމުންގެ ތެރޭގައި ދެކެވޭ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ސިފައިންގެ މީހާ ނިޔާވީ މަޖުބޫރުވެގެން ނުރައްކަލެއްގެ ތެރެއަށް ވަދެގެން ނޫން ކަމަށާއި، ނިޔާވީ ރިސްކު އެނގިހުރެ ވެސް ގައުމީ ވާޖިބު އަދާކުރަނިކޮށް ކަމަށެވެ.
ވަޒީރު ވިދާޅުވީ ސިފައިންނަކީ ޒިންމާދާރުކަމެއް ނެތް ބައެއް ނޫން ކަމަށާއި، އެއީ ގައުމީ ރޫހުގައި ތަމްރީނު ލިބިފައިވާ މާހިރުން ކަމަށެވެ. ކޮންމެ ފިޔަވަޅެއްވެސް އަޅަނީ ލިބެންހުރި ހުރިހާ ވަސީލަތްތަކާއި ފަންނީ މައުލޫމާތަށް ބިނާކޮށް ރިސްކް އެސެސްމެންޓްތަކަށް ފަހު ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިފައިން ހަމައެކަނި އެއްވެސް ނުރައްކަލެއް ނެތް "ޒީރޯ ރިސްކް" ހާލަތްތަކުގައި އެކަނި މަސައްކަތްކުރާ ނަމަ، ގައުމުގައި އެއްވެސް ރެސްކިއު އޮޕަރޭޝަނެއް ނުވަތަ ކާރިސާތަކުގެ ވަގުތުގައި ދޭނެ ޚިދުމަތެއް ނޯންނާނެއެވެ. މިއަދު ކުރިއަށްދިޔަ މި ކޮމްޕްލެކްސް އޮޕަރޭޝަނުގައި ޖުމްލަ އަށް އެމްއެންޑީއެފް ޑައިވަރުން ބައިވެރިވި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި އެ ޑައިވުގައި ބައިވެރިވި ކޯސްޓްގާޑުގެ އެލީޓް ޑައިވިން ޔުނިޓުގެ ފަންނީ ހުނަރާއި ހިތްވަރަށް މިނިސްޓަރު ސާބާސް ދެއްވިއެވެ.
މި އޮޕަރޭޝަނަށް ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަން ލިބެމުންދިޔަ ނަމަވެސް، އެކަމުގެ ސަބަބުން ދިވެހި ސިފައިން ކޮންމެ ދުވަހަކު ވެމުންދާ ގުރުބާނީއާއި ދައްކަމުންދާ ހިތްވަރު ކުޑަވެގެން ނުދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިޙްސާން ވަނީ ހަގީގަތް ނޭނގި ދައްކާ ވާހަކަތައް ހުއްޓާލުމަށާއި، ޝަހީދުވި ސިފައިންގެ މީހާއަށް އޮތް އިހުތިރާމަކަށްޓަކައިވެސް ކެތްތެރިކަން އިސްކުރުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި މަރުހޫމަށް ސުވަރުގޭގެ އެންމެ މަތިވެރި ނިއުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ވަނީ ދުޢާ ކުރައްވާފައެވެ.

11 ދުވަސް ކުރިން
-20600e4e.jpg)
24 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން