-8402fff9.png)
އައިޝަތު ހިދާޔާ

މެލޭޝިއާގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވި ދިވެހި ދަރިވަރުގެ އާއިލާއިން އެގައުމަށް ގޮސް ތިބުމަށާއި ހިނގާނެ އެހެން ޚަރަދުތަކަށް އެހީ ހޯދަން ފަށައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މެލޭޝިޔާގެ ޝޮޕިން މޯލަކުން ވިޔަފާރިކޮށްގެން ކާރެއްގައި ދަރިވަރު ގެއަށް ދަނިކޮށެވެ. މަރުވެފައި ވަނީ އައްޑޫ ހިތަދުއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނާ އިމީލީ ނާޒިމްއެވެ.
އެ އެކްސިޑެންޓް ހިނގިއިރު، އެމިލިއާ އާއި އިތުރު ދިވެއްސަކު އެ ކާރު ތެރޭގައި ތިއްބެވެ. ނަމަވެސް ދެން އިން މީހާ ވަނީ އަނިޔާނުވެ ސަލާމަތްވެފައެވެ.
މި ހާދިސާއާ ގުޅިގެން އިމީލީގެ އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ އިމީލީގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް 10 ދުވަހާއި 15 ދުވަހުގެ މުއްދަތެއް ހޭދަވާނެކަމަށެވެ. އެހެންކަމުން އާއިލާއިން ކޮންމެހެން ވެސް އެ ގައުމަށް ދާންޖެހިފައިވާތީ އެ ގައުމަށް ދިއުމަށާއި, އެތަނުގައި ތިބުމާއި ކެއިންބުއިމުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޮޑު ހޭދައެއް ހިނގާނެކަމަށް އެ ޕޯސްޓުގައި ވެއެވެ.
އެވަރުގެ މާލީ ތަނަވަސްތަކެއް އާއިލާގައި ނެތުމުން އެ ޚަރަދުތައް ހަމަޖެއްސުމަށް އާންމުންގެ ދީލަތި އެހީއަށް އެދޭކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ދެ ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ެއް ކާރު ފުރޮޅާލާފައި ވާއިރު, ދެ ކާރަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

11 ދުވަސް ކުރިން
-29b48774.png)
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-d77c6edb.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން