-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ސިފައިންގެ ކޮންމެ ފިޔަވަޅެއް ވެސް އަޅަނީ ލިބެންހުރި ހުރިހާ ވަސީލަތްތަކާއި ފަންނީ މައުލޫމާތަށް ބިނާކޮށް ރިސްކް އެސެސްމެންޓްތަކަށް ފަހު ކަމުގެ ޔަގީންކަން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ދެއްވައިފިއެވެ.
ޑައިވްގެ މިއަދުގެ ހާދިސާގައި ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ މަރާ ގުޅުވައި ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ދަނީ، ސިފައިން ތަމްރީނު ވެފައިނުވާ މިންވަރަށް ޑައިވްކޮށްފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިޙްސާން ވިދާޅުވީ، އެ ސިފައިންގެ މީހާ ނިޔާވީ މަޖުބޫރުވެގެން ނުރައްކަލެއްގެ ތެރެއަށް ވަދެގެން ނޫން ކަމަށާއި، ނިޔާވީ ރިސްކު އެނގިހުރެ ގައުމީ ވާޖިބު އަދާކުރަނިކޮށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ ޒިންމާދާރުކަމެއް ނެތް ބައެއް ނޫން ކަމަށާއި، އެއީ ގައުމީ ރޫހުގައި ތަމްރީނު ލިބިފައިވާ މާހިރުން ކަމަށެވެ.
"ސިފައިން ހަމައެކަނި އެއްވެސް ނުރައްކަލެއް ނެތް 'ޒީރޯ ރިސްކް' ހާލަތްތަކުގައި އެކަނި މަސައްކަތްކުރާ ނަމަ، ގައުމުގައި އެއްވެސް ރެސްކިއު އޮޕަރޭޝަނެއް ނުވަތަ ކާރިސާތަކުގެ ވަގުތުގައި ދޭނެ ޚިދުމަތެއް ނުތިބޭނެ،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަދު ކުރިއަށްދިޔަ މި ކޮމްޕްލެކްސް އޮޕަރޭޝަނުގައި ޖުމްލަ އަށް އެމްއެންޑީއެފް ޑައިވަރުން ބައިވެރިވިއިރު، ކޯސްޓްގާޑުގެ އެލީޓް ޑައިވިން ޔުނިޓުގެ ފަންނީ ހުނަރާއި ހިތްވަރަށް މިނިސްޓަރު ވަނީ ސާބާސް ދެއްވާފައެވެ. އަދި މި އޮޕަރޭޝަނަށް ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަން ލިބެމުންދިޔަ ނަމަވެސް، އެކަމުގެ ސަބަބުން ދިވެހި ސިފައިން ކޮންމެ ދުވަހަކު ވެމުންދާ ގުރުބާނީއާއި ދައްކަމުންދާ ހިތްވަރު ކުޑަވެގެން ނުދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިޙްސާން ވަނީ ހަގީގަތް ނޭނގި ދައްކާ ވާހަކަތައް ހުއްޓާލުމަށާއި، ނިޔާވި ސިފައިންގެ މީހާއަށް އޮތް އިހުތިރާމަކަށްޓަކައިވެސް ކެތްތެރިކަން އިސްކުރުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މިއަދު ކުއްލިގޮތަކަށް ދުނިޔެ ދޫކުރި އެމްއެންޑީއެފްގެ ކޯސްޓްގާޑު ޑައިވަރަކީ "ހަގީގީ ބަތަލެއް" ކަމުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
މިނިސްޓަރު ވަނީ މަރުހޫމަށް ސުވަރުގޭގެ އެންމެ މަތިވެރި ނިއުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

11 ދުވަސް ކުރިން
-20600e4e.jpg)
24 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން