-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އިޓަލީގެ ޑައިވަރުން ގެއްލުނު ކަމަށް ބުނާ ހޮހަޅަ -- ފޮޓޯ: ޑައިވަރު ޝަފްރާޒް
ވ. އަތޮޅުން ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން އެމްއެންޑީއެފްއަށް އެހީވާން ރާއްޖެގެނައި ފިންލޭންޑް ސްޕެޝަލިސްޓުންގެ ޓީމުން މިއަދު އެ ހޮހަޅައަށް ޑައިވެއް ކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވުމަށް ފިންލޭންޑުގެ ޓެކްނިކަލް ރާއްޖެ އައީ އިއްޔެއެވެ.
މި ޓީމު ރާއްޖެ އައީ ރާއްޖެ އާއި އިޓަލީވިލާތުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމަށްވާއިރު، ސަރުކާރުން ބުނި ގޮތުގައި މި ޓީމުގައި ޚާއްސަ ކޭވް ޑައިވިން ސްޕެޝަލިސްޓެއް ހިމެނެއެވެ. މި ޓީމު ރާއްޖެއައީ އޮޕަރޭޝަނަށް ބޭނުންވާނެ ޒަމާނީ ޓެކްނިކަލް ސާމާނުތައް ވެސް ހިފައިގެން ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
އެ ޓީމާ ގުޅިގެން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ އެ ހޮހަޅައަށް ފުރިހަމަ ޑައިވެއް ކުރުމުގެ ކުރިން އެ ޓީމުން މިއަދު ޓެސްޓު ޑައިވެއް އެ ތަނަށްކުރާނެ ކަމަށެވެ. އަދި އެ މަސައްކަތްކުރަން އިއްޔެގެ ވަގުތެއްގައި ޑްރޯން ބޭނުންކޮށްގެން އެތަން މެޕުކުރެވުނު ކަމަށާއި، މިއަދުގެ ޑައިވުގައި ސިފައިންނާއި ފުލުހުން ވެސް ހަރަކާތްތެރިވާނެ ކަމަށެވެ.
އެހެން ނަމަވެސް ނުރައްކާ ވާ ހިސާބަށް ސިފައިންނާއި ފުލުހުން ނުފީނާނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މި ހާދިސާގައި ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން އެކެއްގެ ހަށިގަނޑު އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ހޯދާފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައި އޮންނަ ހޮހަޅައެއްގެ ކައިރިންނެވެ. ސިފައިން މައުލޫމާތުދޭ ގޮތުގައި، ދެން ތިބި ހަތަރު މީހުން ތިބީ 200 ފޫޓުގެ ދިގުމިން ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް ބެލެވެއެވެ. އެއީ އެމީހުން ދިރާސާކުރަން ދިޔަ ހޮހަޅަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ގެއްލުނު މީހުން ހޯދުމަށް ފީނި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވެފައެވެ. މަހުދީ ނިޔާވީ ފީނުމުގެ ތެރޭގައި ސިއްހީ ހާލަތު ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.
މަހުދީގެ ކަށުކަމާކެމީގެ ކަންތައްތައް ރަސްމީ އިއްޒަތުގައި އެރޭ ވަނީ ކޮށްފައެވެ.

27 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން
-633fa659.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-f102ecee.png)
2 މަސް ކުރިން

2 މަސް ކުރިން