-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މިދިޔަ ބުރާސްފަތި ދުވަހު ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވުމަށް ފިންލޭންޑުން އައީ ތިން ސްޕެޝަލިސްޓުން ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ ފިންލޭންޑުން އައި ތިން މީހުންނަކީ ވެސް ކޭވް ޑައިވިންއަށް ޚާއްސަ ތިން މީހުން ކަމަށެވެ. އެ ތިން މީހުންނާއެކު އައްޑޫގައި ހުރި އެ މީހުންގެ ރަހްމަަތްތެރި އިތުރު ބޭރު ސްޕެޝަލިސްޓު ޑައިވަރަކު ވެސް ބައިވެރިވާނެ ކަމަށް މުންދު ވިދާޅުވިއެވެ.
މުޅި ޖުމްލަ ހަތަރު ސްޕެޝަލިސްޓުންނާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން މިއަދު ޓެސްޓު ޑައިވެއްކުރަން ހަމަޖެހިފައިވާކަމަށް ވެސް މުންދު ވިދާޅުވިއެވެ. އަދި އެ ޑައިވުގައި ނުރައްކާ ވާ ހިސާބަށް ސިފައިންނާއި ފުލުހުން ނުފީނާނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މި ހާދިސާގައި ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން އެކެއްގެ ހަށިގަނޑު އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ހޯދާފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައި އޮންނަ ހޮހަޅައެއްގެ ކައިރިންނެވެ. ސިފައިން މައުލޫމާތުދޭ ގޮތުގައި، ދެން ތިބި ހަތަރު މީހުން ތިބީ 200 ފޫޓުގެ ދިގުމިން ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް ބެލެވެއެވެ. އެއީ އެމީހުން ދިރާސާކުރަން ދިޔަ ހޮހަޅަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ގެއްލުނު މީހުން ހޯދުމަށް ފީނި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވެފައެވެ. މަހުދީ ނިޔާވީ ފީނުމުގެ ތެރޭގައި ސިއްހީ ހާލަތު ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.
މަހުދީގެ ކަށުކަމާކެމީގެ ކަންތައްތައް ރަސްމީ އިއްޒަތުގައި އެރޭ ވަނީ ކޮށްފައެވެ.
-20600e4e.jpg)
24 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން
-633fa659.png)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން