-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މި އަހަރު ރާއްޖެއިން ހައްޖަށްދާ ދިވެހި ހައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުން ނުވަތަ އަމީރުލްހައްޖުގެ ގޮތުގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު، މިދިޔަ އަހަރު މި މަގާމުގައި ރާއްޖެއިން ވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
ވަޒީރު ސައީދު މިއަދު ހެނދުނު ފުރާވަޑައިގެންނެވިއިރު، މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފަހު ފްލައިޓު ވެސް މިއަދު ވަނީ ފުރާފައެވެ. ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި 253 ހައްޖުވެރިންނާއެކު މި ފްލައިޓު ފުރާފައިވަނީ މިއަދު ހެނދުނު 09:35 ގައެވެ.
މިއަދުގެ ގްރޫޕު ސައުދީއަށް ފުރާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިއީ މި އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް ހައްޖުވެރިން ގޮވައިގެން މޯލްޑިވިއަންއިން ކުރި ދެވަނަ ދަތުރެވެ.
މި އަހަރު ރާއްޖެއިން ޖުމްލަ 1،000 މީހުން ހައްޖުގެ އަޅުކަމަށް ފުރާފައިވާއިރު، ފުރަތަމަ ގްރޫޕް ފުރާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
މި އަހަރުގެ ހައްޖުވެރިން އުފުލުމުގައި ބޭނުންކޮށްފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓާއި ސައުދީ އެއާލައިންގެ ދެ ފްލައިޓެވެ. ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.
އެގޮތުން މިފަހަރުވެސް ހައްޖުވެރިންނަށް "މައްކާ ރޫޓު" ގެ ހިދުމަތް ލިބޭިއިރު މި ހިދުމަތުގެ ސަބަބުން ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވާނެއެވެ.

16 ދުވަސް ކުރިން
-709fea65.jpeg)
29 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-2c8cdf4b.png)
2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން