-8402fff9.png)

ޢާލިމް އަބްދުއްލަތީފް

ވ. އަތޮޅުގެ ކަނޑު އަޑީގެ ހޮހޮޅައިގެ ތެރޭގައި މަރުވެފައި އޮތް އިޓަލީގެ ބާކީ ދެ މީހުންގެ ހަށިގަނޑު ވެސް މިއަދު ނަގައިފިއެވެ.
ސަރުކާެރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު)ވަނީ މި ކަން ނުކުތާއަށް ކަށަވަރުކޮށްދެއްވައިފައެވެ.
އޭނާ ވިދާޅުވީ މިއާއެކު ހަ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ މިޝަން ކާމިޔާބުކަމާއެކު ނިންމައިލެވިފައިވާ ކަމަށެވެ. އަދި އެ ކަމަށް ޓަކައި އެ ކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ވެސް މުންދު ވިދާޅުވިއެވެ.
ހާއްސަ ގޮތެއްގައި މި އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިން ފިންލޭންޑުގެ ޓެކްނިކަލް ޑައިވަރުންނާއި، ހިލޭ ސާބަހަށް އެހީވެދިން ދިވެހި ދެ ކުންފުނިން ކޮށްދިން މަސައްކަތް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
އިތުރަށް މުންދު ވިދާޅުވީ މިއަދު ބާކީ ދެ ހަށިގަނޑު ކަނޑުގެ އަޑިން ނެގުމަށް ޑައިވަރުން ބޭނުންކުރީ އިއްޔެގެ ތަޖުރިބާއާއެކު ހަމަ އެ ޕްރޮސީޖާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އިޓަލީ ސަރުކާރާ މަޝްވަރާކުރުމަށްފަހު އެ މީހުންގެ ހަށިގަނޑުތައް އެ ގައުމަށް ފޮނުވައިލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އިޓަލީއަށް ނިސްބަތްވާ ޖުމުލަ ފަސް ފަތުރުވެރިން ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބި ފަހުންނެވެ. އެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓު ލިބުނީ އެ ދުވަހުގެ މެންދުރުފަހު 1:45 ހާއިރެވެ.
ފަސް މީހުންގެ ތެރެއިން އެކަކު ފެނުނީ އެ ދުވަހުގެ އިރުއޮއްސި 6:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑިން ހަމަ އެ ހޮހޮޅައިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބާކީ ހަތަރު މީހުން ވެސް ވީ 200 ފޫޓު ދިގު އެ ހޮހޮޅައިގެ ތެރޭގައި ކަމަށް ބެލެވޭކަމަށް އެ ދުވަހު ބުންޏެވެ.

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން