-8402fff9.png)
ސައިފުﷲ އަލީ

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ދިޔަވެގެން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނިކޮށް އަޑިއަށް ގޮސް، ސިފައިންގެ މީހަކާއި ފުލުހަކު އަދި ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
އަށް މީހުންނާއެކު ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ދޯނި އަޑިއަށް ގޮސްފައިވަނީ ބޮޑެތި ރާޅުތައް އަރައި ދޯނި ދިޔަވަމުންދާތީ، އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި މި ހާދިސާގައި ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން