-8402fff9.png)
އައިޝަތު ހިދާޔާ

ބަލްމާ 6 ބަންޑުން ޖަހާލާފައި
ކ. ކާށިދޫ ކަނޑަށް މިއަދު ދިޔަވި ސަޕްލައި ދޯނިން ކަނޑަށް ދޫކޮށްލި ލަކުނޑި ފަތިތައް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
މިއަދު ދިޔަވީ ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެކެވެ. މި ދޯނި ދިޔަވީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލުމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭރު ފުލުހުން ބުނީ, މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިކަމަށެވެ. ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ވަނީ ކަނޑަށް ދޫކޮށްލާފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ, ދޯނި އަރިއަޅައިލީ ބ. އޭދަފުށީގެ އިރުދެކުނުން 4 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. އެހެންކަމުން ކަނޑަށް ދޫކޮށްލި ލަކުޑިފަތިތައް އޮޔާދާކަމަށް ލަފާކުރެވެނީ އިރުމައްޗަށް ކަމަށެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ތިބީ, 4 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.
އެމީހުން ރައްކާތެރިކަމާއެކު އޭދަފުއްޓަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުންޏެވެ.

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން