-8402fff9.png)

މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރި "ޖަޒީރާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ވ. ފެލިދޫ ކައިރިއަށް މިއަދު ހަވީރު އަޑިއަށް ގޮސްފިއެވެ.
ފުލުހުން ބުނިގޮތުގައި މާލެއިން ފުރައިގެން ދަތުރުކުރި މި ބޯޓު ވ. ފެލިދޫ ކަނޑަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 03:26 ހާއިރުއެވެ.
ބޯޓު އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި ބޯޓުގައި ތިބި އެންމެން ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރި "ވިލާ ދުވެލި" ނަމަކަށް ކިޔާ ލޯންޗަކަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން ނުވަތަ ނޫންކަން މިހާތަނަށް ރަސްމީކޮށް ސާފުވެފައެއް ނުވެއެވެ.
ބޯޓު އަޑިއަށް ދިޔުމާ ގުޅިގެން އޭގައި ހުރި ބައެއް ތަކެތި ކަނޑުމައްޗަށް އޮޔާދާތީ އެމްއެންޑީއެފުން ވަނީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ވ. ފެލިދޫގެ ފަސް ނޯޓިކަލް މޭލު ހުޅަނގުން ބޭރަށް، އިރުމައްޗަށް ތަކެތި އޮޔާދާކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އެދިފައެވެ.

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން