-8402fff9.png)

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދިޔަ ނުރައްކާތެރި ސާޗް އެންޑް ރެސްކިއު އޮޕޭޝަނުގައި ޝަހީދުވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ހާދިސާ ތަހުގީގުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފީނުމުގެ ތެރޭގައި ސިއްހީ ހާލަތު ގޯސްވެ، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަހުދީ ނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
މަހުދީ ނިޔާވި ހާދިސާގައި އާންމުންގެ ކަންބޮޑުވުން ބޮޑުވެފައިވަނިކޮށް، މިއަދު މީޑިޔާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ 2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ތަހުގީގުކުރާ ކަމަށެވެ.
މަހުދީ މަރުވި މައްސަލައިގައި އާންމުންގެ ކަންބޮޑުވުން ބޮޑުވީ، ގެއްލުނު ޑައިވަރުން އޮތް ކަމަށް ސިފައިން ލަފާކުރާ ފުން ހޮހަޅައަށް ޑައިވް ކުރެވޭނެ ވަރުގެ ޒަމާނީ ތަކެތި ފުލުހުންގެ އަތުގައި ނެތް ކަަމަށް ސިފައިންގެ އިސް އޮފިސަރަކު ވިދާޅުވެފައި އޮއްވައި، އޭގެ އަނެއް ދުވަހު ކުރި ޑައިވެއްގައި މަހުދީ ނިޔާވުމާ ގުޅިގެންނެވެ.
އެއާއެކު އެ ދުވަހު ސިފައިން ނެގީ ނަގައިގެން ނުވާނެ ރިސްކެއް ކަމުގައި ބުނެ ގިނަ ބަޔަކު ދިޔައީ އެ ހާދިސާގައި މަހުދީ މަރުވި މައްސަލަ ތަހުގީގުކުރަން ގޮވާލަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އިޓަލީގެ ފަސް ޑައިވަރަކު ގެއްލުނު މި ހާދިސާގައި ހުކުރު ދުވަހު ސިފައިން ކުރި ޑައިވެއްގައި ވަނީ އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ހޯދާފައެވެ. ދެން ތިބި ހަތަރު މީހުންގެ ހަށިގަނޑު ހޯދީ، މަހުދީ ނިޔާވިފަހުން ރާއްޖެއަށް ގެނައި ފިންލޭންޑުގެ ކޭވް ސްޕެޝަލިސްޓުންގެ ޓީމުން ކުރި ޑައިވުން އިއްޔެ އާއި މިއަދުއެވެ.
އެގޮތުން އިއްޔެ ދެ މީހަކު ހޯދިއިރު، މިއަދު ވެސް ދެ މީހެއްގެ ހަށިގަނޑު ހޯދާފައެވެ. އެ މީހުންގެ މަރުގެ ހާދިސާގެ މައްސަލަ އިޓަލީގެ ސަރުކާރުން ދަނީ ތަހުގީގުކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން