-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ސްޓެލްކޯގެ ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ --
މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް މުހިންމު އަޕްގްރޭޑެއް ގެނައުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމަށް ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް މަގުފަހިވާނެއެވެ.
މި މަސައްކަތް ފުރިހަމަކުރުމަށްޓަކައި 23 މޭ 2026 ވާ ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ވަގުތަކީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ޚިދުމަތަށް ކުރާނެ އަސަރު ކުޑަވާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލި ނަމަވެސް، އެ ވަގުތުތަކުގައި މާލެއާއި ހުޅުމާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގައި ހުންނާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެހެންކަމުން އެ ގަޑީގައި އެއްވެސް ތަނަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެހެން ނަމަވެސް، މަސައްކަތް ކުރިއަށްދާ ވަގުތު މާލެ ނުވަތަ ހުޅުމާލޭގެ ބޮޑު އިންޖީނަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، ލޯޑް މެނޭޖްކުރުމަށްޓަކައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށާއި، މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަޢުލޫމާތު ސްޓެލްކޯގެ ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ހިއްސާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ސްޓެލްކޯގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، ވީއެންމެ އަވަހަކަށް ޚިދުމަތް އާންމު ހާލަތަށް ގެނައުމެވެ. މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
-abc52f65.jpg)
10 ދުވަސް ކުރިން

27 ދުވަސް ކުރިން
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން