-8402fff9.png)
-abc52f65.jpg)
ހަ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސްޓެލްކޯ އާ މިއަދު ހަވާލުކޮށްފި އެވެ.
މި މަސައްކަތްތަކާ ގުޅޭ އެއްބަސްވުންތަކުގައި މިނިސްޓްރީ އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންން ކަމަށްވާ ޢާއިޝަތު މުޒްނާ އާއި ޢަބްދުﷲ ނާޒިރެވެ.
މި އެއްބަސްވުންތަކުގެ ދަށުން ފެނާއި ނަރުދަމާގެ ނެޓްވޯކް ފުޅާކުރުމަށް ހަމަޖެހިފައިވަނީ ހއ. އުލިގަމު، ހއ. މޮޅަދޫ، ރ. ކިނޮޅަސް އަދި ބ. މާޅޮހުގެ ޓޫރިޒަމް ޒޯނުތަކުގަ އެވެ. މީގެއިތުރުން، ހއ. އިހަވަންދޫ އަދި ރ. އިންނަމާދޫގައި އަލަށް މީހުން އާބާދުވަމުން އަންނަ ސަރަހައްދުތަކަށްވެސް މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޝްރޫއުތަކުގެ ތަފްސީލް
ހއ. އުލިގަން: 22.3 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތެކެވެ.
ހއ. މޮޅަދޫ: 29 މިލިއަން ރުފިޔާ ހަރަދުވާ މި މަސައްކަތް ނިންމުމަށް 1 އަހަރު ދުވަސް ދީފައިވެއެވެ.
ރ. ކިނޮޅަސް: 18 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްވެސް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައެވެ.
ބ. މާޅޮސް: މި މަޝްރޫޢަށް 10.7 މިލިއަން ރުފިޔާ ޚަރަދުވާއިރު، މަސައްކަތް ނިންމުމަށް ދީފައިވަނީ 270 ދުވަހުގެ މުއްދަތެކެވެ.
ހއ. އިހަވަންދޫ: 17 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަހުންނެވެ.
ރ. އިންނަމާދޫ: 19.1 މިލިއަން ރުފިޔާ ޚަރަދުވާ މި މަސައްކަތްވެސް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެވިފައެވެ.
މި މަޝްރޫޢުތަކަކީ އެ ރަށްރަށުގައި އަލަށް ފުޅާވަމުން އަންނަ ޓޫރިޒަމްގެ ވިޔަފާރިތަކަށާއި، އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން މުހިންމު މަޝްރޫއުތަކެކެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން
-0f281ac4.jpg)
3 މަސް ކުރިން
-b01ee6fe.jpeg)
4 މަސް ކުރިން

6 މަސް ކުރިން
-0f281ac4.jpg)
6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން