-8402fff9.png)
އައިޝަތު ހިދާޔާ

މަގުކޮނުމުގެ ތެރެއިން ކޭބަލްއަށް ގެއްލުންވެ, ކަރަންޓު ކެނޑުންފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމުގެ ޚަރދު ނަގަން ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓެލްކޯއިން ބުނީ, އެ ކުންފުނީގެ ކަރަންޓު ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް، މަގު ކޮނުމުގެ އެކި މަސައްކަތްތަކުގެ ތެރެއިން ގެއްލުންވެ، ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ތަކުލީފުތަކަކާއި ދަތިތަކެއް ކުރިމަތިވާކަމަށެވެ.
" މިފަދަ ހާދިސާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، މަގު ކޮނުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ފަރާތްތަކުގެ އިހުމާލުން މިފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި، އެ ފަރާތެއް ޒިންމާދާރު ކުރުވައި، އެ މައްސަލަ ހައްލުކޮށް އަލުން ހިދުމަތްދޭން ހިނގާ ހަރަދު އެ ފަރާތުން ނެގުމަށް މި ކުންފުނިން ވަނީ ނިންމާފައި," ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ, މި ނިންމުމަކީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކޮށް، ހިދުމަތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުމެއްކަމަށެވެ.
އެހެންކަމުން، މަގު ކޮނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދާ ހުރިހާ ފަރާތްތަކުން ވެސް ސްޓެލްކޯގެ ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު މަސައްކަތްތައް ރާވައި ކުރިއަށްގެންދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ފަހުން މަގުކޮނުމުގެ ތެރޭގައި ކޭބަލްއަށް ގެއްލުން ވުމުގެ ސަބަބުން ދެަހަރެއްގެ މަތިން ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. ސްޓެލްކޯއިން ބުނީ, މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ތަކުލީފުތަކަކާއި ދަތިތަކަކާ ކުރިމަތިވަމުންދާކަމަށެވެ.
-abc52f65.jpg)
10 ދުވަސް ކުރިން
2 މަސް ކުރިން
-0f281ac4.jpg)
3 މަސް ކުރިން
-b01ee6fe.jpeg)
4 މަސް ކުރިން

6 މަސް ކުރިން
-0f281ac4.jpg)
6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން