-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަށްފަހު، އެ މައްސަލަ ހައްލުކޮށް މިހާރު ބޮޑު ބަޔަކަށް އަލުން ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ދެނެގަނެ، ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ވަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މާލޭގެ ބޮޑު ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓު ދީފައެވެ.
މިއަދު ކުއްލި ގޮތަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނުއިރު، ސްޓެލްކޯއިން ވަނީ ރޭ ފަތިހުން ފެށިގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޖީނުގެ ނިއްވާލައިގެންނެވެ.
އިންޖީނުގެ ނިއްވާލާފައިވަނީ ރޭ މެންދަމުން އަލިވެ 3:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށެވެ. އެ ވަގުތު މާލޭގެ ލޯޑް 76 މެގަވޮޓްގައި ހުރިއިރު، އިންޖީނުގެ ނިއްވާލާފައި އޮތް ވަގުތުތަކުގައި މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކެވެ.
ސްޓެލްކޯއިން ދަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ސިސްޓަމްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
-abc52f65.jpg)
10 ދުވަސް ކުރިން

27 ދުވަސް ކުރިން
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން