-8402fff9.png)
-03e78bc8.jpg)
މާލެ ޓެކްސީ ލައިންފެ ޚިދުމަތް ވިލިމާލޭގައި ތައާރަފްކުރަނީ --- ފޮޓޯ: ޕީއެސްއެމް
ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިފަސޭހަކަން ގެނެސްދިނުމުގެ މަޤުޞަދުގައި، ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަކާއެކު މާލޭ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މިއީ މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީއާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ ވިދާޅުވީ، މިއީ ވިލިމާލޭގެ ރައްޔިތުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ވިލިމާލޭގެ ބައެއް ހަނި ގޯޅިތަކަށް ބަސްފަދަ ބޮޑެތި އުޅަނދުފަހަރަށް ނުވަދެވުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެއްކަން ފާހަގަކުރައްވައި، އައު ޚިދުމަތާއެކު އެކަމަށްވެސް ހައްލު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ސަޢުދީ އިތުރަށް ވިދާޅުވި ގޮތުގައި، ޓެކްސީ ޚިދުމަތް ތަޢާރަފުކުރެވުނު ނަމަވެސް ބަހުގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް މެދުނުކެނޑި ކުރިއަށްދާނެއެވެ.
ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭ ޓެކްސީ ލައިނަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް އަދި ޓެކްސީ ހޮޓްލައިން 1655 އަށް ގުޅައިގެންވެސް ޚިދުމަތަށް އެދެވޭނެއެވެ. ސައުވީސް ގަޑިއިރު މެދުނުކެނޑި ފޯރުކޮށްދޭ މާލޭ ޓެކްސީލައިންގެ ޚިދުމަތް މާލެއާއި ހުޅުމާލޭގައި އެންމެ ފުރަތަމަ ފަށާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގައެވެ.
-a666a58c.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން