-8402fff9.png)
ފާތިމަތު މިޝްކާ

ދެވަނަ ފިޔަވަހީގައި އަލަށް އަނެއްކާވެސް ގިނަ ބަޔަކު ވަނީ އުޅެން ފަށާފައި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައަކަށް ވަދެ ބިރުދައްކައި ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ސޯޝަލް މީޑިޔާގައި ދައުރުވުމަުންދާ ވީޑިޔޯތަކުން ފެންނަ ގޮތުގައި ރޭ ދަންވަރު ފިހާރައަށް ވަދެ މާރާމާރީ ހިންގަން މަސައްކަތް ކުރި މީހާ މިއަދު ދުވާލު ވެސް ވަޅި ހިފައިގެން އަލުން އެ ފިހާރައަށް ގޮސްފައިވެ އެވެ. ދެ ބުރަށް ވެސް އޭނާ ވަދެފައިވަނީ ހުޅުމާލޭ އެމްއޭސީއެލް ބީ ޓަވަރުގައި ހުންނަ ފިހާރައަކަށް ކަމަށް ބުނެފައިވެ އެވެ.
ރޭ އެ މީހާ ފިހާރައަށް ވަދެ ބިރުދައްކައި މާރާމާރީ ހިންގަން މަސައްކަތް ކުރިއިރު ވެސް އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ސޯޝަލް މީޑިޔާގައި ދައުރުވާ ވީޑިޔޯގައި ބުނެފައިވެ އެވެ. މިއަދު އެ ފިހާރައަށް ދެވަނަ ފަހަރަށް ދިޔުމުން އެ މީހާ ހިފަހައްޓައި ފުލުހުންނާ އޭނާ ހަވާލުކޮށްފައިވަނީ އާންމު ރައްޔިތުންގެ ތެރެއިން ބައެކެވެ.
އެ ފިހާރަ ހުންނަ ސަރަހައްދުގެ މަގުތަކަކީ ވަށައިގެން އެތައް ފުލެޓުތަކެއް ހުންނަ ސަރަހައްދެއް ނަމަވެސް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި މާ ބޮޑު އަލިކަމެއް ނުހުންނަކަން ފާހަގަކޮށްލެވެ އެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން