-8402fff9.png)

މަރްޔަމް މާޙީ

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން --
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިޔާގައި ހުންނަވަނިކޮށް, ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް އިންޑިއާ އަށް ރަސްމީ ދަތުރެއް ކުރައްވަން ނިންމަވައިފި އެވެ.
މިއީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. ނަމަވެސް އެ ދަތުރާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
އިންޑިޔާގެ ވޮއިން ނޫހުން ބުނެފައިވާ ގޮތުގައި ޣައްސާން އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ އަންގާރަ އަަދި ބުދަ ދުވަހުއެވެ.
އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އެ ވައުދު މިދިޔަ އަހަރުގެ ކުރީކޮޅު ފުއްދައި އިންޑިއާގެ ސިފައިން ވަނީ އަނބުރާ ގެންގޮސްފައެވެ.
އެ ވައުދު ފުއްދުމަށްޓަކައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އެއްބަސްވެފައި ވަނީ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ގެނައުމަށެވެ. މިހާރު ރާއްޖޭގައި ބޭނުންކުރަމުން އަންނަ ހެލިކޮޕްޓަރުތައް ހަދާފައި ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސަރުކާރު ކުންފުންޏަކުންނެވެ.
ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ޓަކައި ރާއްޖޭގައި މިހާރު ހަރަކާތްތެރިވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ކުންފުނީގެ މުވައްޒަފުންނެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އިންޑިޔާ އައުޓް ގެ ނަމުގައި ކެމްޕޭނެއް ފަށައި, ރާއްޖެއާ އިންޑިޔާއާ ދެމެދު ބޮޑު ނުތަނަވަސް ކަމެއް އުފެދުން ނަމަވެސް މިހާރު ވަނީ ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ.
"އިންޑިއާގެ ގުޅުމަކީ އަޅުގަނޑުމެންނަށް ވަރަށް ހާއްސަ އަދި އިސްކަން ދޭނެ ގުޅުމެއް. އަޅުގަނޑުމެން އެކަމުން [އިންޑިއާ އައުޓް ކެމްޕެއިން] އިން އެއްކޮށް ބަރީއަވަން." މިނިސްޓަރު ހަލީލް އިންޑިޔާއަށް ކުރި ދަތުރުގައި ވާހަަކަދައްކަމުން ބުނެފައިވެއެވެ.
އަދި އިންޑިއާ އައުޓް ކެމްޕެއިނަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް އަންގައިދިނުމަށް ސަރުކާރުގެ ވަޒީރުން ތަކުރާރުކޮށް އަންނަނީ ވާހަކަދައްކަމުންނެވެ. މިނިސްޓަރު ޣާއްސާނުގެ ދަތުރުފުޅުގެ މަގްސަދަކީ ވެސް މިއީ ކަމުގައި ބެލެވެއެވެ.
-20600e4e.jpg)
24 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން