-8402fff9.png)
އައިޝަތު ހިދާޔާ

ޤައުމީ ދިފާޢީ ބާރުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)ގެ އައު އިމާރާތް މިއަދު ވިލިމާލޭގައި ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައިދެއްވީ މިއަދު ހެނދުނު ވިލިމަލޭގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެމްއާރްސީސީގެ އައު އިމާރާތަކީ ސަރުކާރުން ތަރައްގީކޮށްފައިވާ ޢިމާރާތެކެވެ. މި މަޝްރޫއު ވިލަރެސްކުރެއްވުމުގައި ޔޫއެންއޯޑީސީއިން އިސްދައުރެއް އަދާކުރިއެވެ.
ރައީސް އޮފީހުން ބުނީ, މި އިމާރާތުން ދޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ.
މި އިމާރާތުގެ ބިންގާ 2022ވަނަ އަހަރު އެޅި ކަމުގައި ވީ ނަމަވެސް، އެކި ސަބަބުތަކާ ހެދި އިމާރާތުގެ މަސައްކަތްތައް ނިންމިފައެއް ނުވެއެވެ. މިއީ ރައީސް މުއިއްޒު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެއްވި މުހިންމު މަސައްކަތެއްކަން ރައީސް އޮފީހުން ފާަހގަކުރިއެވެ.
އެމްއާރްސީސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ، އެ އިމާރާތް ބައްލަވާލައްވާފައެވެ.މި އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފައެވެ. އަދި، އިންސާނީ ވަސީލަތް ތަރައްގީކޮށް ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.
އެމްއާރްސީސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެމްއާރްސީސީގެ އައު އިމާރާތް ހުންނަ ސަރަޙައްދުގައި ގަހެއް އިންދަވައިދެއްވާފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
-125b775b.jpeg)
3 މަސް ކުރިން

4 މަސް ކުރިން
-30455362.jpg)
4 މަސް ކުރިން
-4c7733b5.jpeg)
4 މަސް ކުރިން

5 މަސް ކުރިން
-03e78bc8.jpg)
5 މަސް ކުރިން