-8402fff9.png)
ފާތިމަތު މިޝްކާ
-3e9eb220.jpg)
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކ. ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައި، މާލެ ސަރަހައްދަށް މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުން ފުޅާކޮށްފިއެވެ.
މިފްކޯއިން ކ. ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ތަރައްގީކުރި ހިކިމަސް ކާރުޚާނާއާއި އައިސް ޕްލާންޓު ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްގެ އިތުރުން ފިޝަރީޒް މިނިސްޓްރީއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މިއީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުތަކާ އެއްގޮތަށް، ކޮލިޓީ ހިފެހެއްޓުމުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ހުޅުވި ކާރުޚާނާއެއް ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
ރަސްމިއްޔާތަށްފަހު މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ، މިއީ ގައުމީ ބާޒާރަށް އަމާޒުކޮށް އުފެއްދުންތައް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ގއ. ކޫއްޑޫން މަސް ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެނައުމުގައި މިހާތަނަށް ދިމާވަމުންދިޔަ ލޮޖިސްޓިކް ދަތިތަކަށް މި ކާރުޚާނާގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު، ކޫއްޑޫގެ އުފެއްދުންތައް ދެކުނުގެ ބާޒާރަށް ޚާއްސަކޮށް، މާލެ ސަރަހައްދަށް ބޭނުންވާ ތަކެތި ކަނޑުއޮތްގިރިން އުފައްދައި، ހެޔޮ އަގެއްގައި އާންމުންނަށް ފޯރުކޮށްދެވޭނެއެވެ.
ކަނޑުއޮތްގިރީގައި އަލަށް ހުޅުވި ހިކިމަސް ކާރުޚާނާއިން ދުވާލަކު ތިން ޓަނުގެ މަސް ޕްރޮސެސްކުރެވޭނެއެވެ. އަދި އައިސް ޕްލާންޓުން ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް މިފްކޯއިން ބުނެއެވެ. މި ކާރުޚާނާގައި ކުރިއަށް އޮތް ތަނުގައި ރިހާކުރާއި މުގުރިމަސް ފަދަ އާންމު ބާވަތްތައް ވެސް ތައްޔާރުކުރަން ފަށާނެއެވެ. މީގެ އިތުރުން، އެ ރަށުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމުމުން، ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓުކުރުމުގެ މައި މަރުކަޒަކަށް ކަނޑުއޮތްގިރި ވެގެންދާނެކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
-f2d6e48d.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-4c939dd4.jpg)
4 މަސް ކުރިން
-2d4de3c6.jpeg)
5 މަސް ކުރިން

5 މަސް ކުރިން
-0c10467d.jpg)
5 މަސް ކުރިން

6 މަސް ކުރިން