-8402fff9.png)
ސައިފުﷲ އަލީ
-4c939dd4.jpg)
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކ. ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މިއަދު މަސްވެރިންނަށް އައިސް ވިއްކަން ފަށައިފިއެވެ.
މިއީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކަނޑުއޮތްގިރިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެހުމާއެކު، މާލެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. ކަނޑުއޮތްގިރީގައި މިފްކޯއިން ތަރައްގީކޮށްފައިވަނީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ކެޕޭސިޓީގެ ޕްލާންޓެކެވެ.
މީގެ ކުރިން މި ސަރަހައްދުގެ މަސްވެރިން އައިސް ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު ނަމަވެސް، މި ޕްލާންޓާއެކު އެކަމަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ.
މި މަހުގެ 13 ވަނަ ދުވަހު ކަނޑުއޮތްގިރީގައި ވަނީ މި އައިސް ޕްލާންޓުގެ އިތުރުން ހިކިމަސް އުފައްދާ ކާރުހާނާއެއް ވެސް ރަސްމީކޮށް ހުޅުވާފައެވެ. ދުވާލަކު ތިން ޓަނުގެ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބިފައިވާ މި ކާރުހާނާގެ ސަބަބުން، ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެނައުމުގައި ދިމާވާ ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.
މި ވަސީލަތްތަކާއެކު ކަނޑުއޮތްގިރި ވެގެންދާނީ މާލެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތަށް މުހިންމު މަރުކަޒަކަށެވެ.
-f2d6e48d.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-3e9eb220.jpg)
4 މަސް ކުރިން
-2d4de3c6.jpeg)
5 މަސް ކުރިން

5 މަސް ކުރިން
-0c10467d.jpg)
5 މަސް ކުރިން

6 މަސް ކުރިން