-8402fff9.png)
އައިޝަތު ހިދާޔާ

ދިވެހި ރާއްޖެއާއި ތުރުކީވިލާތުގެ ސަރުކާރާ ދެމެދު 2024ވަނަ އަހަރުގެ ނޮވެމްބަރުމަހު ސޮއިކުރެވުނު "ޕްރިފަރަންޝަލް ޓްރޭޑް އެގްރީމަންޓް"އަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ, މިއީ ވިޔަފާރީގެ ރޮނގުން ދެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. މި ބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ރާއްޖެ އަދި ތުރުކީވިލާތުން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގެ ލިޔުން ދެ ގައުމުން ބަދަލުކޮށްފައި ވާކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
މިނިސްޓަރުގެ ޕޯސްޓުގައި ވަނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭން ތުރުކީއަށް ބޭރުކުރާ 75 ބާވަތަކުން ލުއި ލިބޭނެކަމަށެވެ.
"މިކަމުގެ ސަބަބުން ދިވެހި މަސްވެރިންނަށް 85 މިލިއަން ކޮންސިއުމަރުންގެ މާކެޓަކަށް މަސް އެކްސްޕޯޓު ކުރުމަށް ދޮރު ހުޅުވޭނެ. އަދި ތުރުކީގެ ގިނަ އުފެއްދުންތަކެއް ދިވެހީންނަށް ވެސް ލިބޭނެ," މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ.
ވެރިކަމާ ހަވާލުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ވެސް ތުރުކީއަށެވެ.
-a0c36a24.jpg)
29 ދުވަސް ކުރިން
-3226df97.jpg)
3 މަސް ކުރިން
3 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން