-8402fff9.png)
މިންހާ އަބްދުالله
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: މާހިލް، ނުކުތާ
މި އަހަރުގެ ޖެނުއަރީ އެކަކުން ޖޫން 30 ގެ ނިޔަލަށް މާލޭގެ މަގުތަކުގައި ޓްރެފިކް ފުލުހުން 21,354 އުޅަނދު ބަލައިފާސްކޮށް އޭގެ ތެރެއިން 10,878 ފަހަރު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 118 އުޅަނދު ފާސްކޮށް 60 ޖޫރިމަނާ ކުރެވިފައިވެއެވެ. ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ޖޫރިމަނާ ކުރެވިފައިވާއިރު 41 އުޅަނދަށް ނަސޭހަތް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޖުމްލަ 3,417 އުޅަނދެއް ޓޯކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 3,336 ސައިކަލާއި ހަތަރުފުރޮޅުލީ 81 އުޅަނދެވެ. މީގެ އިތުރުން، ރަސްމީ އެކި މުނާސަބަތުތަކާ ގުޅިގެން ނޯޓިސް ދިނުމަށްފަހު 1,080 އުޅަނދެއް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވެ އެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، ޓޯކުރުމާއި އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ ޖުމްލަ 4,497 އަށް އަރައެވެ.
ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، މިއީ އެވްރެޖްކޮށް ދުވާލަކު ހަ މީހުން ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އަދި ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވި 71 އުޅަނދަކާއި، ނުރައްކާތެރިކޮށް ދުއްވުމުގެ 77 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށާއި ފުލުހުންގެ އެކި ތަހުގީގުތަކާ ގުޅުންހުރި 348 އުޅަނދެއްގެ އިތުރުން، ގަވާއިދާ ހިލާފަށް ބަދަލުގެނެސްގެން ދުއްވި 32 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން މަގުމަތީގެ ގަވާއިދުތައް ތަންފީޒުކޮށް އަމާންކަން ކަށަވަރުކުރުމަށްޓަކައި، މި މުއްދަތުގެ ތެރޭގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށްފައިވާއިރު ސްކޫލް ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ޖުމްލަ 10,263 ހަރަކާތެއް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ޕާކިން މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އުޅަނދުތައް ޓޯކުރުމުގެ ބަދަލުގައި އަމިއްލައަށް އެ ތަކެތި ނެގުމަށް އެދުމުގެ ގޮތުން އުޅަނދުތަކުގެ ވެރިފަރާތްތަކަށް ޖުމްލަ 23,608 ފޯނު ކޯލު ކޮށްފައިވާ ކަމަށެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 130 ކޯލެވެ.
ޖުމްލަ 10,878 ޖޫރިމަނާ 59 ބާވަތެއްގެ ކުށަށް ބެހިފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެފައިވާ މައްސަލަތަކެވެ. އެގޮތުން އަހަރީ ފީގެ މައްސަލަތަކުގައި 2,249 ޖޫރިމަނާއެއް ކޮށްފައިވާއިރު، މިއީ ޖުމްލަ ޖޫރިމަނާގެ 20.67 އިންސައްތައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވުނު 10 ބާވަތުގެ ކުށަށް އެކަނިވެސް 8,611 ޖޫރިމަނާ ކޮށްފައިވެއެވެ. މިއީ މުޅި ޖުމްލަ ޖޫރިމަނާގެ 79.16 އިންސައްތައެވެ.
ޖޫރިމަނާ ކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި އަހަރީ ފީގެ އިތުރުން، އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޑްރައިވިންގ ލައިސަންސް ނެތި ދުއްވުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުން ހިމެނެއެވެ. މީގެ އިތުރުން ނަންބަރު ޕްލޭޓްގެ މައްސަލަތަކާއި، ދުއްވަމުން ފޯނު ބޭނުންކުރުމާއި، ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ އިތުރުން، މުދާ އުފުލުމާއި ޓެކްސީ ކުރުމުގެ ގަވާއިދުތަކާ ހިލާފުވެގެން ކުރެވުނު ޖޫރިމަނާތައް ފާހަގަކުރެވެއެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން