-8402fff9.png)
ސައިފުﷲ އަލީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް ހުޅުވާލި ލިންކުތަކުން މިއަހަރުގެ މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ ވަޤުފު ފަންޑު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މީރާގެ ޕޯޓަލް މެދުވެރިކޮށް ލިބޭ ފައިސާ އަންނަނީ ވަޤުފު ފަންޑުގެ އެކައުންޓަށް ޖަމާކުރަމުންނެވެ. ވަޒީރު ވިދާޅުވީ މި ނިޒާމުގެ ސަބަބުން ވަޤުފުކުރުމާއި ޞަދަޤާތްދިނުމުގެ ފުރުޞަތު އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ.
މިގޮތުން ލިބޭ ފައިސާ ޚަރަދުކުރެވެނީ ވަޤުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވާ ދީނީ އަދި އިޖުތިމާއީ ކަންކަމަށެވެ. އެ ފައިސާ ބޭނުންކުރުމުގައި އަމަލުކުރަނީ ކަނޑައެޅިފައިވާ ވަޤުފު ފަންޑުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ވަޤުފު ފަންޑަކީ ރާއްޖޭގައި މިސްކިތްތައް ބެލެހެއްޓުމާއި ދީނީ އިލްމު ފެތުރުމުގެ އިތުރުން އިސްލާމީ އެކި ހަރަކާތްތަކަށް ހޭދަކުރުމަށް އުފައްދާފައިވާ ފަންޑެކެވެ. ސަރުކާރުން އަންނަނީ ވަޤުފު ފަންޑު ފުޅާކޮށް، އަމިއްލަ މާލީ ދެމެހެއްޓެނިވިކަން އިސްލާމީ ދާއިރާއަށް ހޯދައިދިނުމަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
-b050656d.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން
-3b082aab.jpg)
5 މަސް ކުރިން

6 މަސް ކުރިން