-8402fff9.png)
އައިޝަތު ހިދާޔާ

އަންނަ އަނަރުގެ ރަމަޞާން މަހުގެ ކުރިން 20 ވަރަކަށް އާ މިސްކިތް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ މަޖިލީހުގައި ނަމަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހުސްނީ އެއްސެވީ މި ސަރުކާރު އައިފަހުން ކިތައް މިސްކިތް ނިންމައި ބޭނުންކުރަން ފެށިއްޖެތޯއާއި ކިތައް މިސްކިތުގް އަމަލީ މަސައްކަތް ކުރަމުން ދޭތޯއެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ, އެ މިނިސްޓްރީން 81 މަޝްރޫއަސްވުރެ ގިނަ މަޝްރޫއު މިވަގުތު ކުރިއަށް ގެންދާކަމަށެވެ. އޭގެތެރޭގައި އިސްލާމީ މަރުކަޒުތަކާއި މިސްކިތްތަކާއި ވަގުފު ބިނާތައް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދަންނަވާލާނީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ތަންފީޒު ކުރެވެމުންދާ މުއްދަތޭ މިއީ," ޝަހީމް ވިދާޅުވިއެވެ.
މި މަޝްރޫއުތައް ކުރިއަށްދާއިރު, ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުމާއި އިގްތިސާދީ ގޮތުން ކުރިމަތިވާ ގޮސްޖެހުންތައް ވެސް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންނަމަވެސް މި ގޮންޖެހުންތައް ހުރަސްކޮށް މަޝްރޫއުތައް ނިންމަުން އަޅުގަނޑުމެން މިދަނީ," އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިއަހަރުތެރޭ އަންނަ ރަމަޞާން މަހުގެ ކުރިން 20ވަރަކަށް މިސްކިތް ހުޅުވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި މާލެއާއި ހުޅުމާލޭގައި ހަދާފައި ހުރި ވަގުތީ މިސްކިތްތައް ދާއިމީ ތަންތަނަށް ބަދަލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިދިޔަ ރަމަޞާމް މަހާއި އޭގެ ކުރިން ވެސް 20 ވަރަކަށް މިސްކިތް ހުޅުވިފައި ވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އޭގެތެރޭގައި ކުރީގެ ސަރުކާރުގެ ދުވަސްވަރުގައި ފަށާފައި ހުއްޓިފައި ހުރި ތަންތަން ވެސް ހިމެނޭ. އަދި ބޮޑެތި ތަންތަން ވެސް ހިމެނޭ," މިނިސްޓަރު ވިދާޅުވިއެވެ.
އޭގެތެރޭގައި ދިއްދޫ އިސްލާމީ މަރުކަޒު ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, އެ މަޝްރޫއު ވެސް ފަށާފައި އޮތީ ދެ ލައްކަ ރުފިޔާ ބަޖެޓުގައި ޖަހައިގެން ކަމަށެވެ.
ނަމަވެސް, އެ މަޝްރޫއަށް 66 މިލިއަން ރުިފާ ޚަރަދުވިކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ފެށިފައި ހުރި ރަނގަޅު މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-b050656d.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން