-8402fff9.png)
އައިޝަތު ހިދާޔާ

އަންނަ އާދިއްތަދުވަހު ބާއްވާ ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާގައި 300އަށްވުރެ ގިނަ ޒުވާން ޚަތީބުން ބައިވެރިވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހެ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވުމުގެ މުނާސަބަތުގައި ބާއްވާ މަހާސިންތާއެކެވެ. މިނިސްޓްރީން ބުނީ, މިއީ އަންނަ ޖީލުގައި އިސްލާމީ ޝިއާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަތީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ މަހާސިންތާއެއް ކަމަށެވެ.
"މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޚަޠީބުން ބައިވެރިވާނެ. ހުޅުމާލެގައި ބިންގާ އެޅިގެންދާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ހަފްލާގައި ވެސް ޒުވާން ޚަތީބުން ރަސްމީކޮށް ބައިވެރިވާނެ," މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ, ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އުޖާލާކޮށް ހިމާޔަތްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމެއް ކަމަށެވެ. މިހާތަނަށް 700އަށް ވުރެ ގިނަ ޒުވާން ޚަތީބުންވަނީ ތަމްރީނުކޮށްފައި ވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ބައެެއް ޚަތީބުންނަށް އަތޮޅުތަކުން މާލެ އައުމުގައި ދަތިތަކެއް ހުރުމާއި އިމްތިހާންތަކާ ގުޅިގެން މަހާސިންތާއަށް ހާޒިރު ނުވެވޭކަމަށެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ މި ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.
ހާފިޒުން ތަމްރީނުކުުރމުގެ މަސައްކަތަށް އަލި އަޅުވައިލައްވައި މިނިސްޓަރު ވިދާޅުވީ, މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޒުންގެ އަދަދު 322 އަށް އަރައިފައި ވާކަމަށެވެ. އަންނަ ރޯދަ މަހު، ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭކަމަށާއި އަމާޒުކަމަކީ މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އެރުވުން. ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
-b050656d.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން
-3b082aab.jpg)
5 މަސް ކުރިން

6 މަސް ކުރިން