-8402fff9.png)
ސައިފުﷲ އަލީ
-ff922d01.jpg)
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ގދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله އައްޔަންކޮށްފިއެވެ.
ފައިހަތު އެ މަގާމަށް އައްޔަންކުރުމާއެކު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މަގާމުގައި މިހާރު ތިން ބޭފުޅުން ތިއްބަވާނެއެވެ. އެއީ ފައިހަތުގެ އިތުރުން އާދަމް މުހައްމަދާއި އިބްރާހީމް ރައްޒާނެވެ.
އެފްޑީސީއަކީ އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ، ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެ ކުންފުނިން އެންމެ ފުރަތަމަ ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި އަމާން އުދަރެސް 2000 ފްލެޓާއި އަމާން ދޯދި 2000 ފްލެޓްގެ މަޝްރޫއު ހިމެނެއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގެ ސްކޫލް ކްލާސްރޫމްތައް އިމާރާތްކުރުމުގެ މަސައްކަތްވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.
-0d32d656.png)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
6 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން