-8402fff9.png)
ސައިފުﷲ އަލީ
-0d32d656.png)
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކުގެ ތެރެއިން 564 ޔުނިޓަކުން ގަވާއިދުން މަހުން މަހަށް ކުލި ނުދައްކާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެފްޑީސީން ހާމަކުރި ގޮތުގައި އެ ކޯޕަރޭޝަންގެ ދަށުގައިވާ ފްލެޓްތަކުގެ ތެރެއިން ގަވާއިދުން ކުލި ދައްކަމުން ދަނީ 33،62 ފްލެޓަކުންނެވެ. ނަމަވެސް ބާކީ ފްލެޓްތަކުން ފައިސާ ދެއްކުމުގައި ގަވާއިދަށް އަމަލު ނުކުރާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ކުލި ނުދެއްކުމުގެ އިތުރުން އުސޫލުތަކާ ހިލާފުވެގެން 49 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެފްޑީސީން ބުންޏެވެ. މީގެ ތެރޭގައި އެންމެ ގިނައީ ހުއްދަ ނުހޯދައި އެޕާޓްމަންޓްތަކަށް ބަދަލު ގެނައުމުގެ މައްސަލަތައް ކަމަށްވާ އިރު، ރިޕޯޓްކުރި 28 މައްސަލައިގެ ތެރެއިން ފަސް ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.
ދެވަނައަށް އެންމެ ގިނައިން ފާހަގަކުރެވުނީ އުސޫލާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމުގެ 16 މައްސަލައެއް ކަމަށްވާ އިރު، އޭގެ ތެރެއިން ފަސް ފަރާތެއް ޖޫރިމަނާކޮށް ދެ ފަރާތަކަށް ވަނީ ނޯޓިސް ދީފައެވެ. މީގެ އިތުރުން ކުނި އެޅުމުގެ ގަވާއިދާ ހިލާފުވި ތިން މައްސަލައެއްގެ ތެރެއިން ދެ މައްސަލައެއްގައި ޖޫރިމަނާކޮށް، އޮފީހުގެ އެންގުންތަކަށް ބޯނުލެނބުމުގެ ދެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
-ff922d01.jpg)
3 މަސް ކުރިން
6 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން