-8402fff9.png)
ސައިފުﷲ އަލީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓު ލިބޭ މީހުންގެ ތެރެއިން 1202 މީހުންނާއެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން ބުނެފިއެވެ.
އެފްޑިސީން ބުނެފައިވަނީ އެއްބަސްވުމުގައި ސޮއިކުރަން ފެށިތާ މަހެއް ވާން ކައިރި ވެފައިވާއިރު މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާއިރު 1530 އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށެވެ. އެފްޑީސީން ބުނެފައިވަނީ އެއީ ކުންފުންޏަށް ހާސިލްކުރެވިފައިވާ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އެފްޑީސީން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން ފޮނުވާ ލިސްޓަކަށް ބަލައިގެންނެވެ. އެ މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެފްޑީސީ އަށް ފޮނުވަނީ ވެރިފައި ކުރެވޭ ތަރުތީބުން، އެކި މީހުންގެ ނަންތައް ވަކިވަކިންނެވެ. ނަމަވެސް، ވެރިފައި ކުރަނީ ފްލެޓް ލިސްޓު އެކުލަވާލާފައިވާ ތަރުތީބަކުން ނޫނެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
-0d32d656.png)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-ff922d01.jpg)
3 މަސް ކުރިން
6 މަސް ކުރިން

11 މަސް ކުރިން
11 މަސް ކުރިން

11 މަސް ކުރިން
11 މަސް ކުރިން