-8402fff9.png)

އަމާން އުދަރެސް ފްލެޓްތައް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި ހިންގަމުންދާ 4،000 ފްލެޓްގެ މަޝްރޫއުގެދަށުން އިމާރާތްކުރަމުންދާ 32 ޓަވަރުގެ ތެރެއިން 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް އެފްޑީސީން އިއުލާނުކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން "އަމާން އުދަރެސް" ގެ ނަމުގައި 16 ޓަވަރު އިމާރާތްކުރަމުންދަނީ ކޭޕީއައިއެލް (ކުރީގެ ޖޭއެމްސީ) ކުންފުނިންނެވެ. އަދި "އަމާން ދޯދި" ގެ ނަމުގައި އިތުރު 16 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެންބީސީސީއިންނެވެ.
މީގެ ތެރެއިން ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވަނީ އަމާން އުދަރެސްގެ 16 ޓަވަރުގެއެވެ.
މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ލޭބަރުން ގެނެސްފައިވާ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 17-18 ބުރީގެ 32 ޓަވަރު އިމާރާތްކުރެވެމުންދެއެވެ. މީގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ.
މި މަޝްރޫޢު ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ)ގެ ލޯނު އެހީގެ ދަށުންނެވެ. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވާ ގޮތުގައި މި 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިމި، މީހުން ދިރިއުޅެން ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ލަފާކުރެވެއެވެ.
އެހެންނަމަވެސް، މި ފްލެޓްތައް ދޫކުރުމުގައި ހުރި މައްސަލަތަކާ ގުޅިގެން، ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އަލުން މުރާޖައާކުރެވެމުންދާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވެފައިވެއެވެ. ކުރީގެ ލިސްޓުގައި ހިމެނުނު 60 ޕަސެންޓް ފަރާތްތަކަކީ ޝަރުތު ހަމަނުވާ ފަރާތްތަކެއް ކަމަށް އޭސީސީގެ ތަހުގީގުން ހާމަވެފައިވާތީ، 20،000 އަށްވުރެ ގިނަ ފޯމު އަލުން ބަލައި، އައު ލިސްޓެއް އެކުލަވާލެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
-0d32d656.png)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-ff922d01.jpg)
3 މަސް ކުރިން
6 މަސް ކުރިން

11 މަސް ކުރިން
11 މަސް ކުރިން

11 މަސް ކުރިން
11 މަސް ކުރިން