-8402fff9.png)
ފާތިމަތު މިޝްކާ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިވާ ފްލެޓްތައް --- ފޮޓޯ: ޕީއެސްއެމް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ 600 އަށްވުރެ ގިނަ މީހުންނާއެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، 667 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ތާވަލްކުރެވިފައެވެ. އޭގެތެރެއިން 640 އެއްބަސްވުމެއްގައި ސޮއިކޮށް މިހާރު ވަނީ ނިމިފައެވެ.
އެ ކުންފުނިން ބުނީ މިއީ އިޖްތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑި ކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަކީ އަމާޒެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރަން ހާޒިރުވާއިރު އިރުޝާދު ދީފައިވާ ހުރިހާ ލިޔުމެއް ގެންދިޔުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ނުވަތަ ނަންބަރު ބަދަލުވެފައިވާނަމަ، އެކަން ދުރާލާ އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އެގްރީމަންޓު ހަދާ ފަރާތަށް ހާޒިރުނުވެވޭ ހާލަތްތަކުގައި ޕަވާ އޮފް އެޓާނީ އެހެން ފަރާތަކަށް ހަވާލުކުރަންޖެހޭނެއެވެ. އެއީ ނޮޓޮރައިޒްޑް ޕަވާ އޮފް އެޓާނީއެއްކަން ކަށަވަރުކުރުމަށް ކުރާ ކަމެއް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ.
-0d32d656.png)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-ff922d01.jpg)
3 މަސް ކުރިން
6 މަސް ކުރިން

11 މަސް ކުރިން
11 މަސް ކުރިން

11 މަސް ކުރިން
11 މަސް ކުރިން