-8402fff9.png)
ސައިފުﷲ އަލީ
އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ޝިއުރީ ވާހަކަދައްކަވަނީ ---
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އިބްރާހީމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ.
ޝިއުރީ އެ މަޤާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ސަރުކާރުންނާއި އޭނާވެސް ހާމަކުރައްވާފައެއް ނުވެއެވެ. ޝިއުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަނު ކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނަވައިގެން ޝިއުރީ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު ޝިއުރީ ވަނީ މާކެޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އޭގެ އިތުރުން ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން އޭނާ ވަނީ މާސްޓަރސް ޑިގްރީވެސް ހާސިލު ކުރައްވާފައެވެ.
-2e3783ee.jpg)
3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން