-8402fff9.png)
ސައިފުﷲ އަލީ

ރާއްޖޭގެ މަންޒަރެއް --
މިހާރު ކޮންމެ މީހަކު ވެސް ބަލަނީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯއެއް ހޯދައި، ވިޒިޓް މޯލްޑިވްސް ހޭޝްޓެގާއެކު ސޯޝަލްމީޑީއާއަށް ދޫކޮށްލެވޭތޯއެވެ. ދިވެހީން ސޯޝަލްމީޑީއާގައި ފެއްޓި މި ކެމްޕޭނާއެކު މުޅި ސޯޝަލްމީޑީއާ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކުން ފުރައިލައިފިއެވެ.
މީގެ ހައެއްކަ ދުވަސް ކުރީން ރާއްޖޭގެ ޓޫރިޒަމަށް ގޮންޖަހައި، އިންޑިއާ މީހުން އެ މީހުންގެ އައިލެންޑް ޓެރިޓަރީ ލަކްޝަދީބު ޕްރޮމޯޓުކުރުމުގެ މަސައްކަތް ފެށިއެވެ. އެ ވަރުން ނިންމާލީއެއް ނޫނެވެ. ހަމަ ރީއްޗަށް ރާއްޖެއާ ޖައްސައިލައިގެން ބޮއިކޯޓްމޯލްޑިވްސް ހޭޝްޓެގް ވައިރަލް ކުރާން ވެސް ފެށީއެވެ. ރާއްޖެއާ ދިމާއަށް ހުުތުރު އެއްޗެހި ކިޔާ ރާއްޖެ ނާންނަން ގޮވާލަން ވެސް ފެށީއެވެ.
ބޮލީވުޑުގެ ތަރިންނާއި ސޯޝަލްމީޑީއާގައި ނުފޫޒުގަދަ އިންޑިއާ މީހުންވެގެން، މި ކުޑަކުޑަ ރާއްޖެއާ ޖައްސާލީއެވެ. އެ ކަމުގައި އެ މީހުންގެ މަގުސަދަކީ ލަކްޝަދީބު ޕްރޮމޯޓުކުރުންކަމަށް ބުނި ނަމަވެސް، ކަނޑައެޅިގެން ފެންނާން އޮތީ ރާއްޖެއާ ޖައްސާލި މަންޒަރެވެ. ބައެއް މީހުންނަށް އިންޑިއާގެ ރަށްތައް ކަމަށް ހީކޮށް ރާއްޖޭގެ ފޮޓޯތައް ޝެއާކުރެވި، މިކަމެއްގެ ތެރޭގައި ވަރަށް ގަނޑުގަންފިއެވެ.
ރާއްޖޭގެ އެއްވަނަ މާކެޓު މުޅިން ދުއްވާލަން ފެށި ވަރުގަދަ ކެންޕޭނުގެ ރައްދުގައި ދިވެހީން ވެސް ގަދައަށް ހިފާލިއެވެ. ރާއްޖޭގެ ރީތި މަންޒަރުތައް ސޯޝަލް މީޑިއާއަށް ފުލުފުލުގައި އަޅާ ފުރާލިއެވެ.
ރާއްޖޭގެ ސޯޝަލްމީޑިއާ ނުފޫޒު މާ ވަރުގަދައެވެ. އިންޑިއާއަށް ކުޑަ ވެސް ދުލެއް ނުދީ ރާއްޖޭގެ މަންޒަރުތައް އަޅައި، ވިޒިޓްމޯލްޑިވްސް ވައިގައި ހިފުވައިފިއެވެ. އެ ވަރަކުން ނިންމައެއް ނުލައެވެެ. އިންޑިއާ މީހުން ލަކްޝަދީބޭ ކިޔައިގެން ރާއްޖޭގެ ފޮޓޯ ޕޯސްޓުކުރުމުން، އެ މީހުންގެ އެ ގޯސް ވެސް ރަނގަޅުކޮށްދިނީ ދިވެހީންނެވެ.
ދައުލަތުގެ މިނިސްޓަރުންނާއި އެކި ދާއިރާތަކުގެ ނުފޫޒުގަދަ ދިވެހީން އަންނަނީ ރާއްޖޭގެ ރީތިކަން މުޅި ރާއްޖެއަށް ވަރަށް ރީއްޗަށް ދައްކައިދެމުންނެވެ. މިއީ ބަަޔަކު މީހުން ޖައްސައިލައިގެން އަދި ފުނޑާލެވޭވަރަށް ވުރެ މާ ބޮޑަށް ފައްކާވެފައިވާ ޕްރޮޑަކްޓެއްކަން ހާމަކޮށްދެމުންނެވެ.
މިހާރު ކަންކަން ގޮސްފައިވާ ހިސާބުން މިއީ މުހިންމު ކަމެއް ވެސް މެއެވެ. ރާއްޖޭގެ އަގު ވައްޓާލާތަން ބަލަން ދިވެހީން އަތް އުރައިލައިގެން ތިބެގެން ނުވާނެއެވެ. ދިވެހީންގެ ދިފާއުގައި ދިވެހީން ވާހަކަ ދައްކާން ޖެހޭނެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން
-2e3783ee.jpg)
3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން