-8402fff9.png)
ސައިފުﷲ އަލީ
-2e3783ee.jpg)
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަންކޮށްފިއެވެ.
މިއީ މި ސަރުކާރުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ތިންވަނަ ބޭފުޅާއެވެ.
ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ނަމުގައި ހިންގި ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.
ޝިއުރީއަކީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި ދެވަނަ ބޭފުޅާއެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ ފާތިމަތު ތައުފީގެވެ.
3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން