-8402fff9.png)
އައިޝަތު ހިދާޔާ

ވ. އަތޮޅު ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ރޭ ރަސްމާލެ އިރުމަތި ފަރާތު ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ, ފަރަށް އެދި ދޯންޏަށް ކިޔަނީ "ކީސާ" ކަމަށެވެ. ދޯނީގައި ތިބި ފަޅުވެރިންްނަށް މި ހާދިސާއާ ގުޅިގެން އެހީ ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެގޮތުން, މި ހާދިސާގެ މަޢުލޫމާތު ރޭ 23:51 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ދަތުރިކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ރޭގެ 02:37 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ދޯނި އޮތް ސަރަހައްދަށް ގޮސް، މި ދޯނިން ދަތުރުކުރަމުންދިޔަ ދިވެއްސަކާއި، ތިން ބިދޭސީން ސަލާމަތްތެރިކަމާ އެކު ހާބަކްރާފްޓަށް ނަގާފައި ވާކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ, ދޯނީގެ ވެރިިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން އެ ދޯންޏަށް ބަދަލުކޮށްފައި ވާކަމަށެވެވެ. މި ހާދިސާގައި އެ ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާއެއް ވެފައިވާކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ, އެ މިހާ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަކަމަށެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް, ކަނޑު ގަދަ ދުވަސްވަރަކަށް ވުމުން ދަތުރުކުރާއިރު ސަމާލުވުމަށް އިއްޔެ ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން, ދަތުރުކުރާއިރު, މޫސުމާ ބެހޭ އިދާރާއިން ނެރޭ އެލާޓުތަކަށް ބެލުމަށްފަހު ދަތުރަށް ފުރުމަށް ފުލުހުންގެ އިލްތިމާސްގައި ވެއެވެ.

5 ދުވަސް ކުރިން

10 ދުވަސް ކުރިން
-fcac83a1.jpg)
14 ދުވަސް ކުރިން
-ac1fd277.jpg)
25 ދުވަސް ކުރިން

29 ދުވަސް ކުރިން

30 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން