-8402fff9.png)

މޫސުން ގޯސްވެ މަގުތަކުގައި ފެން ބޮޑުވެފައި -- ފޮޓޯ/ ފުލުުހުން
އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށް ކަމަށާއި ހުޅުމާލެއަށް 66 މިލިލީޓަރުގެ ވާރޭ ވެހުންކަމަށް މެޓުއޮފީހުން ބުނެފިއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދިޔަ ހަފުތާއިން ފެށިގެން އަންނަނީ ވިއްސާރަކުރަމުންނެވެ.
މެޓުން މިއަދު ނެރުނު ތަފަސްހިސާބުންދައްކާގޮތުގައި, ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ދިއްފުއްޓަށެވެ. ދިއްފުއްޓަށް 44 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު, ހުޅުލެއަށް 43.4 އަދި މާލެއަށް 43.7 މިލިލީޓަރުގެ ވާރޭ ވެހިފައި ވެއެވެ.
މެޓުން މިއަދު ވަނީ މޫސުން ގޯސްވަނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ވެސް ނެރެފައެވެ.
މި ސަމާލު ނެރެފައި ވަނީ, ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. މި ސަމާލު ނެރެފައި ވަނި ބޯކޮށް ވާރޭވެހި, ގުގުރާނެ ކަމަށް ލަާކޮށެވެ. މެޓުން ބުނީ, ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
ނިމިދިޔަ ހަފުތާ ބަންދަކީ ސަރުކާރު މުވައްޒަފުންނަށް ދިގު ޗުއްޓީއެއް ލިބުނު ބަންދެކެވެ. އެހެންކަމުން ގިނަ ބަޔަކު މި ޗުއްޓީގައި ދަތުރުކުރިއެވެ.
ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

9 ދުވަސް ކުރިން

10 ދުވަސް ކުރިން
-fcac83a1.jpg)
14 ދުވަސް ކުރިން
-ac1fd277.jpg)
25 ދުވަސް ކުރިން

29 ދުވަސް ކުރިން

30 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން