-8402fff9.png)
ސައިފުﷲ އަލީ
-fcac83a1.jpg)
ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވުމުގެ ސަބަބުން 85 އިންސައްތަ ގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މިއަދު މެންދުރުން ފެށިގެން ހުއްޓާނުލައި ވާރޭ ވެހުމުގެ ސަބަބުން ރަށުގެ ގިނަ ގެތަކަކަށް ފެންވަދެ، ހިފާ ގެންގުޅޭ ސާމާނަށާއި އިލެކްޓްރޯނިކް ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފެންވަނުމުގެ ސަބަބުން ދިރިއުޅެން ދަތިވި ގޭގޭގެ މީހުން މިހާރު ވަނީ އާއިލާގެ އެހެން ގެތަކަށް ބަދަލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެފައިވާއިރު، މުޅި ރަށުން ކަރަންޓް ކެނޑިގެން ވެސް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ރަށަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފެންހިއްކާ ޕަންޕާއި، ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ހިފައިގެން ސިފައިންގެ ޓީމެއް ކޮލަމާފުއްޓަށް ދަތުރުކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ މޫސުން ގޯސްވެ، ކުރިއަށް އޮތް 5 ދުވަހު ވެސް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ލަފާކޮށްފައެވެ.

5 ދުވަސް ކުރިން

9 ދުވަސް ކުރިން

10 ދުވަސް ކުރިން
-ac1fd277.jpg)
25 ދުވަސް ކުރިން

29 ދުވަސް ކުރިން

30 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން